@mohamed__ibrahim..2026: ފުރަ 24 އޮގަސްޓު އިން ސެޕްޓެމްބަރު 6 އަށް. ހުޅަނގު މޫސުމުގެ އެގާރަވަނަ ނަކަތް ފުރަ ނަކަތް މިވަނީ ލައިގެން ފައެވެ. ފުރަ ނަކަތާ ބެހޭގޮތުން އިހު މީހުން ބުނެދީ އުޅޭ ގޮތުގައި މިނަކަތް ފެށުމުން ފަރުފަހާކެވޭނެވެ. މާނައީ ވިލު ފަޅާ ފަރުތަށް މަޑުވެ ކިލަނބު ކަން ކެނޑި ސާފުވެ ފީނާހަދަން ދަތި ނުވާނެ ވާހަކައެވެ. އަދި މަޑުކުރި ވެހޭދުވަސްވަރެއްކަމުން ދަނޑުވެރިން ދަނޑުތައް ތައްޔާރު ކުރަން ފަށަން ރަނގަޅު ދުވަސް ވަރެއްކަމަށް އެވެރިން ދެކެއެވެ. އެވޭޅާދިވެހިން މިނަކަތްލައިގަތުމުން ކިޔާ އުޅެނީ ފުރަނަކަތުގައި ފުރާކަން ނުކެރޭނޭ ފުރާފިއްޔާ ދަތުރެވެ. މާނައީ އުޑުމަތި ބަނަވެ ވިއްސާރަ ވިލާތައް ކިތަންމެ ބޯވި ނަމަވެސް ވައިރޯޅި މަޑުވާނެ ކަމަށެވެ. އެހެންކަމުން ކަނޑުދަތުރުފަތުރު ކުރަން ދައްޗެއް ނުވާނެއެވެ. މިނަކަތުގައި ދޭތެރެއަކުން އުޑުމަތި ބަނަވެ ވިއްސާރަ ކުރިނަމަވެސް ޢާންމުގޮތެއްގައި އުޑުމަތި އޮންނާނީ ސާފުކޮށެވެ. މިނަކަތުގައި އާންމުކޮށް ވައި ޖެހޭނީ ހުޅަނގު އުތުރުން ކަމަށް އެވެރިން ބުނެދެއެެވެ. އެވެރިން ބުނެދީއުޅޭގޮތުގައި މިނަކަތުގެ ދުވަސްތަކުގައި ވިއްސާރަ ވީނަމަވެސް ދަތުރުފަތުރު ކުރެވޭ ވަރަށް ކަނޑުތައް މަޑުވާނެއެވެ. އިހުގެ ދިވެހިން ބުނެދީ އުޅޭ ގޮތުގައި މާނަކަތައްފަހު ދެންފެށޭ ނަކަތްތަކަކީ ފެނުގެ ނަކަތްތަކެވެ. މަސްވެރި ކަމާބެހޭ ގޮތުން އިހު މީހުން ބުނެއުޅޭ ގޮތުގައި މިނަކަތަކީ މަސްވެރިކަން އާދައިގެ ގޮތެއްގައި ރަނގަޅު ނަކަތެކެވެ. އިހުގެ މަސްވެރިން ކިޔާ އުޅޭ ގޮތުގައި މިނަކަތުގައި ޢާންމުގޮތެއްގައި މަސްއައިންތައް ފެންނާނީ އަތޮޅުތަކާ ދުރުން މާކަނޑުންނެވެ. ހިންދޫން މި ނަކަތަށް ކިޔައި އުޅެނީ ޕުރުވާއެވެ. ޢަރަބިން ކިޔައިއުޅެނީ އައްޒުބްރާ އެވެ. ސިންހަޅައިން ކިޔަނީ ޕުވަޕަލްއެވެ. މިނަކަތުގައިވަނީ 14 ދުވަހެވެ.

محمد إبراهيم
محمد إبراهيم
Open In TikTok:
Region: MV
Monday 24 August 2026 04:58:20 GMT
26571
535
0
512

Music

Download

Comments

There are no more comments for this video.
To see more videos from user @mohamed__ibrahim..2026, please go to the Tikwm homepage.

Other Videos


About