@mohamed__ibrahim..2026: ބައިވެރިޔާ ކުރަން ބުނި ކަމެއް ނުކުރެވިއޮތަސް ދޮގު ނުހަދާށެވެ! އެއީ ފާފަވެރިވަމުންގޮސް ސަލާމަތްނުވެވިދާނެ ފާފައެކެވެ! އެއްވެސް ބިރެއް ނެތި ދޮގުހަދާ މީހުން ގިނަވެއްޖެއެވެ. އެހެންވެ ދާދި ކުދިކުދި ކަންކަމުގައިވެސް އެބަ ދޮގުހަދައެވެ. ދޮގުހެދީ ކިތަންމެ ކުޑަކުޑަ ކަމަކާއި ގުޅިގެން ނަމަވެސް ދޮގުހެދުމުގެ ފާފައަކަށް އެއްވެސް ބަދަލެއް ނުއަންނާނެއެވެ. މާނައަކީ ކިތަންމެ ކުޑަ ކަމެއްގައި ނަމަވެސް ދޮގެއް ހަދައިފިނަމަ އެއީ ޢަޛާބް ދެއްވަވާނެ ފާފައެކެވެ. ހަނދުމަކޮށްލައި ދޭނަމެވެ. ޙަދީޘްފުޅުގައި އޮތީ އޭނާގެ ކުޑަ ދަރިފުޅު އޭނާގެ ގާތަށް ގެނައުމުގެ ބޭނުމުގައި ނަމަވެސް "އެއްޗެއް ދޭނަމޭ! އަންނާށޭ!" ބުނުމުން އެކުއްޖާ އައުމުން އެއްޗެއް ނުދީފިނަމަ އެހެދީ ދޮގެއް ކަމަށް ލިޔުއްވަވާނެ ކަމަށެވެ. މިއަދުގެ ޙާލަތަށް ބަލައިފިނަމަ ދެމަފިރިންގެ މެދުގައިވެސް އެންމެ ގިނައިން މައްސަލަޖެހެނީ ދޮގުހެދޭތީއެވެ. ދޮގުހެދުމުން އެވަޤުތު މައްސަލަ ޙައްލުވެދާނެއެވެ. އެއްފަހަރު ދޮގެއް ހަދާލުމުން ބޭޒާރުނުވެވެސް ހިނގައިދާނެއެވެ. ނަމަވެސް އެކަން ތަކުރާރުކުރާނަމަ ހަދާ ދޮގު ބޭޒާރުވެ ފަޟީޙަތްވެސް ވާނެއެވެ. ޙަޤީޤަތް ހާމަވާނެއެވެ. އެއިރުން ކަންކަން އޮންނާނީ ޙައްލުކުރަން އުނދަގޫވާ ޙިސާބަށް ބޮޑުވެފައެވެ. އެންމެ ފަސޭހައިން ހެދޭ ދޮގެއްވެސް ފާހަގަކޮށްލާނަމެވެ. އަނބިމީހާ ކަމަކު ބުނެފާނެއެވެ. އެކަން ކޮށްނުދީ ލަސްވުމުން ހަނދާން ނެތުނީ ކަމަށްބުނެފާނެއެވެ. ބުނަން ހެއްޔެވެ؟ ހަނދާން ހުރެގެން އެކަމެއް ނުދީހުރެ ހަނދާން ނެތުނީ ކަމަށް ބުނި ނަމަވެސް އެހެދުނީ ހަމަ ދޮގެކެވެ. ވީމާ ހަނދާން ނެތުނީކަމަށް ބުނަންވާނީ ޙަޤީޤަތުގައިވެސް ހަނދާން ނެތް ނަމައެވެ. ނޫންނަމަ ދޮގުހެދިކަމުގެ ފާފަ ބޮލުގައި އެޅޭނެއެވެ. ފާފަވެރިވަމުންގޮސް ސަލާމަތް ނުވެވޭހިސާބަށް ހިނގައިދާނެއެވެ. ދޮގު ނަހަދާށެވެ! ދޮގާ ދުރުހެލިވާށެވެ! ދޮގުހެދުމަކީ މުނާފިގުންގެ ސިފައެކެވެ! ދޮގުހެދުން ކަށީގައި ހިފާފައިވާ މީހުން އެކަމާއި ދުރުހެލިވާން މަސައްކަތްކުރަން ޖެހޭނެއެވެ! ނޫނީ ދޮގުހަދާކަމުގެ ސިއްކަ ޖައްސަވައިފާނެއެވެ! އެއިރުން ދެން އެމީހަކު ވާނީ ކައްޒާބަކަށެވެ!
محمد إبراهيم
Region: MV
Saturday 03 October 2026 06:06:41 GMT
Music
Download
Comments
To see more videos from user @mohamed__ibrahim..2026, please go to the Tikwm
homepage.