@mohamed__ibrahim..2026: ވިހާ ނުޮވެންބަރު 01 އިން ނޮވެމްބަރު 13 އަށް. ހުޅަނގު މޫސުމުގެ ސޯޅަވަނަނަކަތް ވިހާ މިވަނީ ލައިގެން ފައެވެ. އަދަކީ ވިހަާ ނަކަތުގެ ފުރަތަަމަ ދުވަހެވެ. އެވޭލާ ދިވެހިން މިނަކަތް ލައިގަތުމުން ކިޔާއުޅެނީ މިނަކަތަކީ ކަނޑު ވިހާނަކަތް ކަމަށެވެ. އެވެރިން މިބަހުގެ މާނަ ސިފަކުރަނީ މަސްމަހާމެހި ބިސް އެޅުމާއި ވިހެއުން ގިނަ ނަކަތެއްގޮތުގައެވެ. ވިހަާ ނަކަތާ ބެހޭގޮތުން އިހު މީހުން ކިޔާ އުުޅޭ ގޮތުގައި މިނަކަތަކީ މަޑު އާދައިގެ ނަކަތަކަށް ވެފައި ވާރޭވެހުމުން ރުއް ގަހުގެ މޭވާ ނުކުތުން އިތުރުވުމާއި , މިނަކަތުގައި ވެހޭފެން ބޮއިގެން ދޫނި ބިސް އެޅުން އިތުރުވަާނެކަމަށް އެވެރިން ބުނެދެއެވެ. އެވެރިން ކިޔާއުޅޭ ގޮތުގައި މިނަކަތުގައި ވައިޖެހޭނީ ހުޅަނގުންނެވެ. އިހުމީހުން ބުނެދޭ ގޮތުންނަމަ މިނަކަތުގައި މޫސުން ރަނގަޅުވާނެވެ ނަމަވެސް ވާރޭވެހޭނެއެވެ. މަސްވެރި ކަމާބެހޭ ގޮތުން އިހު މީހުން ބުނެއުޅޭ ގޮތުގައި މިނަކަތަކީ މަސްވެރިކަން ވަރަަކަށް ރަނގަޅު ނަކަތެކެވެ . މިނަކަތުގައި ބާނާ މަހުގެ ސައިޒު ބޮޑެތި ވެފައި ބެވޭ ގިނަމަސް ' މަހުގެ ބަނޑު ތެރޭގައި ދޮންބިހާ ކެރަވަކި ހުންނަ ނިސްބަތް އިތުރުކަމަށް އެވެރިން ބުނެއެވެ . .ހިންދޫން މިނަކަތަށް ކިޔައި އުޅެނީ ވިސާކާ އެވެ އަރަބިން މިނަކަތަށް ކިޔަނީ އައްޒުބަނާން އެވެ . މާނައީ ދެ ވަކިގަނޑެވެ. ސިންހަޅައިން މި ނަކަތަށް ކިޔަނީ ވިސާ އެވެ . fb. masveri ihavandhoo

محمد إبراهيم
محمد إبراهيم
Open In TikTok:
Region: MV
Sunday 01 November 2026 03:37:18 GMT
13385
390
1
437

Music

Download

Comments

r4533d
Muhammad :
👍👍👍
2026-11-01 03:47:57
0
To see more videos from user @mohamed__ibrahim..2026, please go to the Tikwm homepage.

Other Videos


About