@raajjemiadhu7: ޔަހޫދީންނާ ދެކޮޅަށް ރައީސް މުއިއްޒު އަޅުއްވާ ފިޔަވަޅުތައް އިސްރާއީލްއާ ހަމައަށް! ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް ގެންނަން އުޅޭ ބަދަލާއެކު، މުތްލަގަށް އިސްރާއީލްގެ މީހުންނަށް ރާއްޖެ ނާދެވޭ ގޮތަށް ފިޔަވަޅުތައް އަޅަން ތައްޔާރުވަމުންދާތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ދުނިޔޭގެ މީޑިއާތަކުގެ ސުރުހީތަކުން ޖާގަ ހޯދަން ފަށައިފިއެވެ. މި ހަބަރު ގެނެސްދިން، އެއް މީޑިއާގެ ތެރޭގައި އިސްރާއީލްގެ ބަޔަކު ހިންގާ އެ ގައުމުގެ ނޫހެއް ކަމަށްވާ "ދަ ޖެރުސަލަމް ޕޯސްޓް" ހިމެނެއެވެ. އެ މީޑިއާއަކީ އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ސަރުކާރުގެ ބާރާއި ނުފޫޒު އިންތިހާއަށް ފޯރާފައިވާ މީޑިއާއެކެވެ. ރައްޔިތުންގެ މަޖިލިހަށް މިހާރު ހުށަހަޅާފައި އޮތް ރިއަލް އެސްޓޭޓް ބިލްގައި ރާއްޖެއަށް އައުމުގެ ހުއްދަ ނެތް މީހުންނަށް ރަސްމާލޭގެ އިންޓަގްރޭޓެޑް ރިއަލްއެސްޓޭޓް ޒޯނުން ޕްރޮޕަޓީ ގަތުމުގެ ހުއްދަ ނުލިބޭ ގޮތަށް ވަނީ ހިމަނައިފައެވެ. އަދި އިމިގްރޭޝަން ގާނޫނަށް ގެންނަ ބަދަލާއެކު، މުތްލަގަށް އިސްރާއީލްގެ މީހުންނަށް ރާއްޖެ ނާދެވޭ ގޮތަށް ބަދަލު ކުރުން ހިމެނެއެވެ. ޑުއެލް ޕާސްޕޯޓު އޮންނަ އިސްރާއީލްގެ މީހުންނަށް ވެސް ރާއްޖެ އެތެރެވުމުގެ ފުރުސަތު ބަންދުވާނެއެވެ. #BuildRasmale #banisrael #FreePalestine #raajjemiadhu #muizzu2028

Raajje Miadhu
Raajje Miadhu
Open In TikTok:
Region: MV
Wednesday 11 November 2026 09:19:51 GMT
686
17
1
2

Music

Download

Comments

adley2006
adley :
😂😂😂
2026-11-11 18:45:54
0
To see more videos from user @raajjemiadhu7, please go to the Tikwm homepage.

Other Videos


About