@mohamed__ibrahim..2026: ނޮރަ ނުޮވެންބަރު 14 އިން ނޮވެމްބަރު 23 އަށް. ހުޅަނގު މޫސުމުގެ ސަތާރަ ވަނަނަކަތް ނޮރަ މިވަނީ ލައިގެން ފައެވެ. އަދަކީ ނޮރަ ނަކަތުގެ ފުރަތަަމަ ދުވަހެވެ. އެވޭލާ ދިވެހިން މިނަކަތް ލައިގަތުމުން ކިޔާއުޅެނީ ނޮރަ ނަކަތުގައި އިރު ދަށުން ޖަހައިފިނަމަ ކެޔޮޅުންގެ ބުރަކަށިމަތީ ފިލާގަނޑު ބަންނަން ޖެހޭނެކަމަށެވެ. މިބަސް އެވެރިން މާނަކުރަނީ މިނަކަތުގައި މަސްވެރިކަން ރަނގަޅުވެ ދަހިއާނާކާ ޖެހިއްޖެނަމަ މަސްބާނާ ބާނަާ ކެޔޮޅުންގެ އަރިކައްޓަށް ތަދުއަރުވާލާހާވާނެކަމަށެވެ. ނޮރަ ނަކަތާ ބެހޭގޮތުން އިހު މީހުން ކިޔާ އުުޅޭ ގޮތުގައި މިނަކަތަކީ މަޑު އާދައިގެ ނަކަތެކެވެ ނަމަވެސް މިނަކަތުގައި ވައި އެނބުރި ހިނގާނެވެ. މާނައީ އެކިފަހަރު އެކި ދިމާއިން ވައި ޖެހުމާއި ވިއްސާރަ އައުމެވެ . އެވެރިން ބުނެދޭ ގޮތުގައި މިނަކަތަކީ ދަތުރު ވެރިން ސަމާލުވަން ޖެހޭ ނަކަތެކެވެ .ދަތުރު އޮޑިދޯނިފަހަރު ބަނދަރަށް ނުވާކަހަލަ ފަޅުފަޅާއި ފުއްޓަރު ބޭރުގައި ބަނދަރު ކުރުމަކީ ރައްކާތެރި ގޮތެއްނޫނެވެ . ސަބަބަކަށްވަނީ ވާަނީ އުޅަނދުފަހަރު ފަޅުމަތި ވާގޮތަކަށް ވިއްސާރަ އަތުވެދާނެތިީީ އެވެ . އަދި ވައި މަޑުވެފައި ކަނޑު ގެ އޮއިވަރު ގަދަވާނެތީ އެވެ. އެވެރިން ކިޔާއުޅޭ ގޮތުގައި އާންމު ގޮތެއްގައި މިނަކަތުގައި ވައިޖެހޭނީ ހުޅަނގު އުތުރުންނެވެ. ނަމަވެސް އިރު ދަށުން މިނަކަތުގައި ވައި އަތުވެދާނެއެވެ. އިހުމީހުން ބުނެދޭ ގޮތުންނަމަ މިނަކަތުގައި ކަނޑުގެ އޮއިވަރު އެކިގޮތަށް ބަދަލުވާނެއެވެ. ނަކަތުގެ ވަކިހިސާބަކަށް ދިއުމުން އިރުވައިމޫސުމުގައި ހުންނަގޮތަށް އޮއިވަރު އަޅާނެކަމަށް ކިޔާ އުޅުނެވެ . މަސްވެރި ކަމާބެހޭ ގޮތުން އިހު މީހުން ބުނެއުޅޭ ގޮތުގައި މިނަކަތަކީ މަސްވެރިކަން ވަރަަށް ރަނގަޅު ނަކަތެކެވެ. އިހުގެ އާންމު ބަހުރުވަ އިންނަމަ ނޮރަ ނަކަތުގެ ފޮއިމަތީގާ ފަން ރޮދުލައިގެން ރަށްފުށުގެ ކުދިބޮޑު އެންމެން ނުކުމެ މަސްވެރިކަން ކުރާކަމަށް ބުނެވެއެވެ. .ހިންދޫން މިނަކަތަށް ކިޔައި އުޅެނީ އަނޫރާދާއެވެ. މާނައީ ކާމިޔާބީއެވެ އަރަބިން މިނަކަތަށް ކިޔަނީ އަލްއިކްލީލް . މާނައީ ތާޖް އެވެ. ސިންހަޅައިން މި ނަކަތަށް ކިޔަނީ އަނޫރާ އެވެ. މިނަކަތުގައި ވަނީ 10 ދުވަހެވެ.
محمد إبراهيم
Region: MV
Saturday 14 November 2026 03:49:17 GMT
Music
Download
Comments
🤟ކެޕްޓަން ޑުބްލީ🤟 :
❤️❤️❤️
2026-11-14 06:08:05
0
To see more videos from user @mohamed__ibrahim..2026, please go to the Tikwm
homepage.